މުހައްމަދު ވިސާމް

ކުރީ ސަރުކާރުން ވަނީ ލާމުގެ އާއިލާތަކެއް ދަރުވާލާފައި: ވިސާމް

Jul 31, 2019
2

ކުރީގެ ސަރުކާރުން ލ. އަތޮޅުގެ އާއިލާތަކެއް ދަރަނިވެރި ކުރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ގަރާރަށް ބަހުސް ކުރަމުން މަޖިީހުގައި ވިސާމް މިއަދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ފެށި "މެރިކަލްޗަ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ލ. އަތޮޅުގައި ހުއިފިލަނޑާ އާލާ ކުރުމުގެ ނަމުގައި ލޯނުތަކެއް ދީ އެ އަތޮޅުގެ އާއިލާތަކެއް ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުީ އެއީ ޕްލޭނަކާ ނުލައި ކަންކަން ކުރުމުން ނުކުމެފައިވާ ދެރަ ނަތީޖާއެއް ކަމަށެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަން ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނީ ރޭވުން ތެރިކަމާއި އެކުގައި ކަމަށެވެ. އަދި އެމްޑީޕީގެ އެޖެންޑާ 19 ގައި މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން ނިންމާފައިވާ މަސައްކަތްތަކަކީ ހިސާބުޖަހައި ރޭވުންތެރިކަމާއެކު ގެންދާނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ލ. އަތޮޅުގެ ބައެއް ރައްޔިތުން ވަނީ ދަރުވާލާފައި، ހުއިފިލަނޑާ އާލަން ކުރުމުގެ ނަމުގައި،
މުހައްމަދު ވިސާމް | މެންބަރު، ގަމުދާއިރާ

"ރައީސް ޔާމީންގެ ސަރުކާރުން ލ. އަތޮޅުގެ ބައެއް ރައްޔިތުން ވަނީ ދަރުވާލާފައި، ހުއިފިލަނޑާ އާލަން ކުރުމުގެ ނަމުގައި" ވިސާމް ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަށް ނުދެއްކިގެން ބައެއް ފަރާތަކުގެ ލޯންތަށް މި ސަރުކާރުން މާފު ކޮށްދީފައިވާ ކަމަށެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި މަސް ގަތުމަށްޓަކައި ހަތަރު ކުންފުންޏަކަށް ދީފައިވާ އެކްސްކްލޫސިވް ރައިޓްސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ވިސާމް މިއަދު ވިދާޅުވި އެވެ. އެގޮތުން ލ. މާންދޫ ގައި މިވަގަތު މަސް ބޭރު ކުރަނީ ޗައިނާ ކުންފުންޏަކާއި ގުޅިގެން ކަމަށާއި، ނަމަވެސް އެ ތޮޅުގެ މަސްވެރިނަން މާންދޫން މާ ބޮޑު ނަފައެއް ވެސް އަދި ސީއެސްއާރުގެ ދަށުން ވެސް ކަމެއް ނުކޮށްދޭ ކަމަށް މެންބަރު ތުހުމަތު ކުރެއްވި އެވެ.

"ގާސިމް އިބްރާހިމްގެ ނިސްބަތްވާ ކުންފުންޏަކަށް މާންދޫ ދީފައި އޮތްނަތާ ކިތައްމެ ދުވަހެއް، މިވަގުތު ވެސް ތ. އަތޮޅާއި ލ. އަތޮޅާއި މ، އަދި ދ އަތޮޅުގެ ރައްޔިތުންވެސް މާންދޫއަށް މަސް ކިރަނީ... މިހާރު ޗައިބާ ކުންފުންޏަކާއެކުގައި އެ އެ މަސައްކަތް ކުރަނީ... ދުވާލަކު މާންދޫން އެބަ ބޭރުކުރޭ އެއް ކޮންޓެއިނާގެ މަސް، އެއީ ތިރީސް ފަސްޓަނުގެ މަސް، ކޮންޓޭނާއެއްގައި 1800 ކޭސް ދަޅު މަސް، ކޮންމެ މަހެއްގެ މައްޗަށް ކިހާ ފައިދާއެއް ވާނެތޯ، މިފަދަ ގާރާރުތަށް މަޖިލިސް އަށް ހުށައަޅާއިގެން ވާހަކަދަކަން ފެށީމާ މި ބޭފުޅުންނަކަށް ކަމަކު ނުދާނެ" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ގަމު ދާއިރާގައި މަހަށް ފުރާ 17 ދޯނި އޮންނަ ކަމަށާއި، ގަމުގެ ބަނދަރު ފުންކޮށް، މަސް މާރުކޭޓަކާއި އައިސްޕްލާންޓެއް އެ ރަށުގައި ގާއިމްކުރަން ޖެހޭ ކަމަށެވެ.