މުހައްމަދު ވިސާމް

މަޖިލީހަށް ވާދަނުކުރައްވަން ވިސާމް ނިންމަވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެކަން ވިސާމް ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވި ނަމަވެސް އެމްޑީޕީގައި ދެމި ހުންނަވާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

"އަބަދުވެސް ރައްޔިތުންނާއި އެމްޑީޕީއަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އެންމެ ބޭފުޅުންނަށް އަރުވަން،" ވިސާމް ވިދާޅުވި އެވެ.

ވިސާމް ވަނީ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ލ. ގަމާއި ލ. މުންޑޫއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފަ އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވިސާމްއަކީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ހަގު މެންބަރެެވެ.