އެސްޓީއޯ

ތަރުކާރީއާ މޭވާ ވިއްކަން އެސްޓީއޯ ސުޕަމާޓްގެ ރެކްތައް ކުއްޔަށް ދެނީ

Jul 31, 2019
3

އެސްޓީއޯގެ މާލެ އާއި ހުޅުމާލޭގެ ސުޕަމާޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބެހެއްޓުމަށް ރެކްތަކެއް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.

މިއަދު ކުރި އެސްޓީއޯގެ އެ އިއުލާނުގައިވާ ގޮތުން ކުއްޔަށް ދޫކުރާނީ މާލޭ ސުޕަމާޓުން 320 އަކަފޫޓުގެ ސަރަހައްދަކާއި ހުޅުމާލެ ސުޕަމާޓުން ދެ ރެކަކާއި ދޮންކެޔޮ ހަރުގަނޑެކެވެ.

އިއުލާންގައިވާ ގޮތުން މާލެ އިން ދޫކުރާ ތަނުގައި ދެ ޗިލާ އާއި ފަސް ލަކުޑި ހަރު ހުންނައިރު ރެކުތައް ކުއްޔަށް ހިފާނަމަ އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން އެސްޓީއޯގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ރެކް ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުމަށްފަހު އޮގަސްޓް 7 ގައި މައުލޫމާތު ދިނުމުގެ ފަހި ބައްދަލުވުމަށް ދާންޖެހެނެ އެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އޭގެ ފަހަށެވެ.

އެސްޓީއޯގެ މާލެ / ހުޅުމާލޭގެ ސުޕަމާޓުން ދޫކުރާ ރެކްތައް ކުއްޔަށް ނިންމާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.