ކަނޑުމަތީގެ ހާދިސާ

ބޯޓަކާއި ދޯންޏެއް ޖެހި ގެއްލުންތައް ވެއްޖެ

Aug 1, 2019

ރޭ ދަންވަރު ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ގެއްލުންތައް ވެއްޖެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ކަނޑުމަތީގެ މި އެކްސިޑެންޓް އައީ ރޭ ދަންވަރު 12:44 އެހާކަންހާއިރު ޅ. މާފިލާފުއްޓާ ދިމާ މޭލެއްހާ ބޭރުންނެވެ. އެކްސިޑެންޓް ހިނގުމުގެ ސަބަބުން ބޯޓުގެ ބައެއް ހަލާކު ވެފައި ވާއިރު ދޯނީގެ އަރިމަތީ ފައްގަނޑުން ބައެއް ހަލާކުވެފައި ވެއެވެ.

މި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.