ވިޔަފާރި

ރެއިންބޯ އޮންލައިން ސްޓޯރުން ބޮޑު ޑިސްކައުންޓެއް

Aug 2, 2019

ފަސޭހަކަމާއެކު އޮންލައިންކޮށް ވިޔަފާރިކޮށްލެވޭ، ރެއިންބޯ އޮންލައިން ސްޓޯރުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރެއިންބޯގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމަށް ތައާރަފުކޮށްފައިވާ އޮންލައިން ސްޓޯރު ބައިރެއިންބޯ ޑޮޓްކޮމް ޑޮޓްއެމްވީ އިން ފެށި މި ޕްރޮމޯޝަންގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ އޮންލައިންކޮށް ގަންނަ މުދާ ހުޅުމާލެ ކޮންމެ ތަނަކަށް ގެންގޮސްދިނުުމުގެ ހިދުމަތް ވެސް ހިލޭ ލިބޭނެ ކަމަށެވެ. އަދި ފަރުނީޗަރު ގެންގޮސް ރާވާ ދިނުމަށް ވެސް އިތުރު އަގެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ ނިޔަލަށެވެ. ރެއިންބޯ އިން އޮންލައިންކޮށް މުދާ ވިއްކަން ތައާރަފުކޮށްފައިވާ އޮންލައިން ސްޓޯރަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ވެބްސައިޓެކެވެ. މި ވެބްސައިޓުން ތަކެތި ގަތުމުން އަގު ހެޔޮވުމުގެ އިތުރުން ފަސޭހައިން ގަންނަ ބޭނުންވާ އެއްޗެއް މައުލޫމާތު ވެސް ހޯދާލެވެ އެވެ.

ރެއިންބޯއިން ރާއްޖޭގައި ވިޔަފާރިކުރާތާ 28 އަހަރު ވަނީ ވެފަ އެވެ. ރެއިންބޯ އެންޓަޕްރައިސަސްއަކީ 1990 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ ތަފާތު ގިނަ ވިޔަފާރިތަކެއް ކުރަމުންނެވެ.