ވިޔަފާރި

ބެގްލިއޯނީ ގެ ފުރަތަމަ ރިސޯޓު މާގުގައި ހުޅުވައިފި

Aug 3, 2019
1

އިޓަލީގެ "ބެގްލިއޯނީ ހޮޓެލްސް" ގެ ފުރަތަމަ ރިސޯޓު ދ. މާގުގައި ހުޅުވައިފި އެވެ.

ދ. މާގުގައި ތަރައްގީ ކޮށްފައިވާ 99 ވިލާގެ މި ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓު ފަރުމާކޮށްފައިވަނީ 1230 ސްކެއާ މީޓަރުގެ ޕްރެޒިޑެންޝަލް ތިން ވިލާ ވެސް ހުރެ އެވެ. މީގެ އިތުރުން މި ތަނުގައި ހަދާފައިވާ ޕްރެޒިޑެންޝަލް ވިލާތައް ފަރުމާކޮށްފައިވަނީ ޕްރައިވެޓް ޕޫލާއި ޖަކޫޒީ ވެސް ހުންނަ ގޮތަށެވެ. އަދި މި ރިސޯޓު ފަރުމާކޮށްފައިވަނީ ފެމެލީ ބީޗް ވިލާ ވެސް ހުންނަ ގޮތަށެވެ.

އިޓަލީގެ ބެގްލިއޯނީ ކުންފުންޏާ ހަވާލާދީ ބުނެފައިވާ ގޮތުން މި ރިސޯޓުގައި ތިން ރަހައެއްގެ ރެސްޓޯރެންޓް ހުންނާނެ އެވެ. މި ތަންތަނުން އިޓަލީގެ ހަރަތަކާއި އިންޓަނޭޝަނަލް ފުޑް އަދި ޖަޕާނުގެ ރަހަތައް ހިމެނޭނެ އެވެ.

ރާއްޖޭގެ 140 ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު 12 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ.