ޑިވެލޮޕިންގް

ސޯސަން މަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ސޯސަން މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސޯސަން މަގުގައި ހުންނަ ހ. ޓެންސާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 11:11 ހާއިރު އެވެ. އަދި އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.