ހަބަރު

އަލިފާން ރޯވި ގޭގެ މީހުން ވަގުތީ ހިޔާއަކަށް ބަދަލުކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު: ކަރަންޓުގެ މައްސަލަ ޖެހުމުން ގޭގައި އުޅޭ މީހުން ވަގުތީ ހިޔާއަކަށް ބަދަލުކޮށްފަ ވަނީ -- ފޮޓޯ: އަހްމަދު އަޔާދު | އަވަސް
0%
0%
0%

މިއަދު ހެނދުނު މާލޭގެ ސޯސަން މަގުގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅުމުގެ ތެރޭގައި ކަރަންޓުބޯޑުތަކުގައި މައްސަލަ ޖެހި، ކަރަންޓު ކެނޑިފައިވާތީ ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާހިވަހިކަން ހަމަޖައްސައިދީފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއަދު ހެނދުނު ހ. ޓެންސްޓާގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި އެ ގޭގެ ކަރަންޓު ބޯޑުތަކަށް ފެން އެޅި ކަރަންޓުގެ ހިދުމަތް އެ ގެއިން ކެނޑިފައިވާ ކަމަށެވެ.

އެހެންކަމުން އެ ގޭގައި ދިރިއުޅޭ 16 މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް އެ އޮތޯރިޓީން ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 11:11 ހާއިރު އެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހެނދުނު 11:35 ހާއިރު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345