ލައިފްސްޓައިލް

ރިއްސާތީ ޑޮކްޓަރު ބެލިއިރު އަނގައިގާ 526 ދަތް

Aug 4, 2019
1

އިންޑިއާގައި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެއް އަނގައިގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން އަނގައިން 526 ދަތް ނަގައިފި އެވެ.

ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކުއްޖާ އަނގައިގައި ރިއްސާތީ އެޑްމިޓް ކުރީ މިދިޔަ މަހު އެވެ. ޑޮކްޓަރުން ސްކޭންކޮށް އެކްސްރޭ ނެގުމުން އެކުއްޖާގެ އަނގައިގެ ތިރީ ކަށިގަނޑުގައި އެބްނޯމަލް ދަތްތަކެއް ހުރި ކަން ފާހަަގަވީ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރު ޕްރަތިބާ ރަމާނީ ބުނި ކަމަށް ސީއެންއެން ގައި ރިޕޯޓުކޮށްފައިވެ އެވެ. މިއީ މިދިޔަ މަހު ކުރި ސާޖަރީ އަކަށް ވިޔަސް ކޮންމެ ދަތެއް ނަގާ ވަކިވަކިން ޓެސްޓުކޮށް ޔަގީން ކުރަން ބޭނުންވި ކަމަށްވެސް ބުނެ އެވެ.

އެ ކުއްޖާގެ އަނގައިން ނެގި 500 އަަށްވުރެ ގިނަ ދަތްތަކުގައި 0.1 މިލިމީޓަރާއި 15 މިލިމީޓަރުގެ ދެމެދު ހުއްޓެވެ. އަދި އެންމެ ކުޑަ ދަަތުގައިވެސް، ދަތުގައި ހުންނަ ކްރައުން އާއި އެނަމެލް ކޯޓު އަދި ރޫޓްވެސް ހުރިކަމުން، އެއީ ހަމަ ދަތްތަކެއްކަން ޔަގީން ކުރެވުނު ކަމަށް ބުނެ އެވެ.

ސާޖަރީއަށްފަހު ތިން ދުވަސްފަހުން އެކުއްޖާ ގެއަށް ދޫކޮށްލި އިރު، މުޅިން ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ބުނެ އެވެ. ސާޖަަރީގައި ބައިވެރިވި ޑޮކްޓަރު ވިދާޅުވި ގޮތުގައި އެ ކުއްޖާގެ އެހާ ގިނަ އަދަދަށް ދަތް ފެޅުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަަމެއް ކަމަށްވާ ކޮމްޕައުންޑް ކޮމްޕޮޒިޓް އޮޑޯންޓޯމްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އަދި މިއީ ޖެނެޓިކްގެ ކަމެއް ނޫނީ މާހައުލުގެ ސަބަބުން (ރޭޑިއޭޝަން) ދިމާވި ކަމެއް ކަމަށްވެސް ވުން އެކަށީގެންވާ ކަމަށް ޑޮކްޓަރަށް ހަވާލާދީ ރިޕޯޓުކޮށްފަައި ވެ އެވެ.

އެކުއްޖާގެ ބެލެނިވެރިން ބުނާ ގޮތުގައި އުމުރުން ތިން އަހަރުގައިވެސް ދަތަށް ތަދުވެ މައްސަލަ ދިމާވި ކަމަށް ވެ އެވެ. ނަމަވެސް، އެއީ ކުޑައިރު ވުމުން މަޑުން ނުހުރެވި ސްކޭން ކުރަން އުނދަގޫވުމުން ދޫކޮށްލީ ކަމަށެވެ. .

އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ. އަނގައިން ނެގި 526 ދަތަށްފަހު މިހާރު ހުރީ 21 ދަތްކަމަށް ޑޮކްޓަރު ބުންޏެވެ.