ހަބަރު

ރާއްޖޭން ޔޫކޭ ވިސާ ނެގޭނެ ވަގުތީ ސެންޓަރެއް

އިނގިރޭސިވިލާތުގެ ވިސާ ސެންޓަރެއް ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ހުޅުވައިިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ސެންޓަރުން ވިސާ އެޕްލިކޭޝަންތައް ބަލައިގަތުމާއި މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. މި ވިސާ ސެންޓަރު ހުޅުވާފަ ހުންނާނީ މިއަދާއި މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖޭގައި ވިސާ ސެންޓަރެއް ގާއިމްކުރީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިނގިރޭސިވިލާތައް މަތީތައުލީމު ހާސިލްކުރަންދާ ދަރިވަރުންނަށް ފަސޭހަ ކަމާއެކު ވިސާގެ ހިދުމަތްތަކަށް ހުށަހެޅޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.