ވިޔަފާރި

ބޭރު މީހުންނަށް ކުރިމަތިލެވޭ ގޮތަށް ޕެންޝަން އޮފީހަށް އާ ސީއީއޯއެއް ހޯދަނީ

Aug 6, 2019
5

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ އޮފީހަށް އާ ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި އެވެ.

ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސީއީއޯގެ މަގާމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފަ އެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭރު މީހުންނަށްވެސް ކުރިމަތިލެވޭ ގޮތަށް ކަނޑައަޅާފައި މިވަނީ އެ އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.

މި މަގާމަށް އިއުލާން ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި މި ދާއިރާއާ ގުޅުންހުރި ދާއިރާ އަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމުގެ އިތުރުން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުންވެސް ހިމެނެ އެވެ.

ޕެންޝަން އޮފީހަށް އާ ސީއީއޯއެއް ހޯދަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސައިން މަނިކު މަގާމުގެ ޓާމް ހަމަވުމުންނެވެ. އެމަނިކުފާނު މި މަގާމު ފުރުއްވާތާ 10 އަހަރު ވެއްޖެ އެވެ.