ދުނިޔެ

ކަޝްމީރުގެ ނިންމުމާއެކު ހިންދޫން އުފާ ފާޅުކުރަނީ

އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހައްސަ އިމްތިޔާޒުތައް އުވާލުމަށް ނިންމުމުން އިންޑިއާގެ ގިނަ ހިންދޫން އުފާ ފާޅު ކުރަން ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގައި ވާހަކަދައްކަވަމުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ، އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދް، ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓްތަކާ ދެމެދު އޮންނަ ތަފާތުތަކަށް ބާރު ލިބޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ އުވާލާފައިވާކަން އިއުލާންކުރައްވާފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ޖަންމޫ އެންޑް ކަޝްމީރާށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ ގަރާރު އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.

ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ގަބޫލުކުރާ ގޮތުގައި އެ ނިންމުމަކީ ކަޝްމީރުގެ މުސްލިމުންގެ އާބާދީ މަދު ކުރުމަށެވެ. މިއާއެކު މުޒާހަރާކުރަން ފެށުމުން ސިފައިންގެ 10،000 މީހުން ކަޝްމީރަށް ފޮނުވާ މުސްލިމް ސިޔާސީ ލީޑަރުން ވަނީ ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިންޑިއާގެ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން ކަޝްމީރުގެ ހަމަޖެހުން ގެއްލި ޓެރަރިސްޓް ހަމަލާތަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމުތަކުން ވަނީ ބުނެފަ އެވެ.