ވިޔަފާރި

ޖޫން މަހު އިންފްލޭޝަން ރޭޓް 0.24 ޕަސެންޓް މަތިވެއްޖެ

Aug 8, 2019
1

މިއަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.24 ޕަސެންޓް މަތިވެފައިވާ ކަމަށް ނޭޝަނަލް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

އެންސީބީއިން ބުނި ގޮތުގައި ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.24 ޕަސެންޓުގަ އެވެ. އަދި މި އަހަރުގެ މެއި މަހު އިންފްލޭޝަން ރޭޓް ހުރީ 0.32 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ ޖޫންމަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.10 ޕަސެންޓުގަ ގައެވެ. މި އަދަދު މެއި މަހު ހުރީ 0.27 ޕަސެންޓުގައި ކަމަށެވެ.

ޖޫން މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި މަހުގެ ބައިން 2.85 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ކުލީގެ ބައިން 0.34 ޕަސެންޓް ވަނީ މަތިވެފަ އެވެ. މީގެ އިތުރުން ކިރާއި، ޗީޒް އަދި ބިހުގެ ބައިން 0.36 ޕަސެންޓް މަތިވެފައިވެ އެވެ. އަދި މި މުއްދަތުގައި ދުންފަތާއި ދުމުގެ ބައިން 0.20 ޕަސެންޓް މަތިވެފައިވެ އެވެ.އަދި ޒީނަތްތެރިވުމަށާއި އެހެނިހެން އަމިއްލަ ބޭނުމަށް ބޭނުންކުރާ ސާމާނު ގެ ބައިން 0.11 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.

ޖޫން މަހު އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މޭވާގެ ބައިން 1.00 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި އެއްގަމު މަހުގެ ބައިން 1.16 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ދުފާތަކެތީގެ ބައިން 1.10 ޕަސެންޓް އަދި ތެލާއި ލުބްރިކަންޓްގެ ބައިން 2.05 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މީގެ އިތުރުން ގެދޮރު މަރާމާތު ކުރަން ބޭނުންވާ ސާމާނު ގެ ބައިން 0.25 ޕަސެންޓް ވަނީ ދަށްވެފަ އެވެ.