ހަބަރު

އަނެއްކާވެސް ތެލެސީމިއާ ކުއްޖަކު މަރުވެއްޖެ

Aug 8, 2019
4
0%
0%
0%

އުމުރު ދުވަހު ލޭ އަޅަން ޖެހޭ، ތެލެސީމިއާ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

އދ. މާމިނގިއްޔަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އެ ކުއްޖާ މަރުވީ ރާއްޖެއިން ބޭރުގައި ފަރުވާ ދެނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވި ބޯން މެރޯ ހެދުމަށް ފަހު ހާލު ދެރަވެގެން އިންޑިޔާގައި ފަރުވާ ދެނިކޮށެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު ތެލެސީމިއާ ކުދިން މަރުވާ އަދަދު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ. އެގޮތުން އުމުރުން 27 އާއި 11 އަހަރާ ދެމެދުގެ އަށް ކުދިން ވަނީ މަރުވެފަ އެވެ.

ތެލެސީމިއާ ސޮސައިޓީ އިން ވަނީ އެ ކުދިން މަރުވާ ސަބަބު ދެނެގަތުމަށް ގޮވާލައިފަ އެވެ. އަދި އެ ކުދިންނަށް އެކަށީގެންވާ އަޅާލުން ކަމާ ބެހޭ ފަރާތްތަކަށް ނުދެވޭ ކަމަށާއި ފަރުވާ ދިނުމުގައި ހުރި ދަތިތައް ވެސް އެ ސޮސައިޓީ އިން ވަނީ ފާހަގަކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345