ހަބަރު

އީޔޫ ކޮމިޝަންގެ ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެ ވަޑައިގެންފި އެވެ.

މޮގުރިނީ ރާއްޖެ ވަޑައިގެން މިއަދު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ. އެއަށް ފަހު ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް އެކަމަނާ ބައްދަލު ކުރައްވައިފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މޮގުރިނީ ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ތަގުރީރު އަޑު އެއްސެވުމަށް ޑިޕްލޮމެޓުންނާއި ސިޔާސީ އިސް ފަރާތްތައް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެކަމަނާގެ ދަތުރުފުޅާ ގުޅޭ ގޮތުން މާ ގިނަ ތަފްސީލެއް ފޮރިން މިނިސްޓްރީ އިން ނުދެ އެވެ. އެހެން ނަމަވެސް އެ މައުލޫމާތުތައް ހިއްސާ ކުރަން ޖޮއިންޓް ޕްރެސްއެއް ބާއްވަން އެ މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.