ވިޔަފާރި

ފަންނު އެކްސްޕޯއަށް ބައެއް ޕާޓްނަރުން ހަމަޖައްސައިފި

Aug 8, 2019

ނޮވެމްބަރު މަހު ބާއްވާ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު "ފަންނު އެކްސްޕޯ 2019" އަށް ބައެއް ޕާޓްނަރުން ހަމަޖައްސައި، ޕްރޮމޯޓް ކުރަން މަސައްކަތް ތަކެއް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ބާއްވާ "ފަންނު އެކްސްޕޯ 2019" ގެ އޮފިޝަލް ފޮޓޯގްރެފިކް ޕާޓްނަރެއްގެ ގޮތުގައި ހަަމަޖައްސާފައިވަނީ މަޝްރަހު ފޮޓޯގްރަފީ އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އެވެ.

ފެއާއަށް އެހީތެރިކަން ހޯދުމުގެ މަަސައްކަތް

ފަންނު އެކްސްޕޯ ބޭއްވުމުގައި އެހީތެރިކަން ހޯދުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއާ ވެސް މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. ފަންނު އެކްސްޕޯ ބޭއްވުމުގައި މަގުސަދު ތަކުގެ ތެރޭގައި ވެސް ރާއްޖޭގައި ނެތެމުންދާ މަސައްކަތްތައް އާލާކޮށް ދިރުވުން ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށްޓަކައި އެ މިނިސްޓްރީއާ އެކުވެސް މިދުވަނީ ބައްދަލުކޮށްފަ އެވެ. މިބައްދަލުވުމުގެ މަގުސަދަކީ ފަންނު އެކްސްޕޯއަށް ހުށަހަޅާ ތަކެތި ޓޫރިޒަމް ސެކްޓާއަށް ޕްރޮމޯޓް ކުރުމުގެ ގޮތުން މިނިސްޓްރީގެ އެހީތެރިކަން ހޯދުމެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށްޓަކައި އެ މިނިސްޓްރީއާ އެކުވެސް މިދުވަނީ ބައްދަލުކޮށްފަ އެވެ. މިބައްދަލުވުމުގެ މަގުސަދަކީ ފަންނު އެކްސްޕޯއަށް ހުށަހަޅާ ތަކެތި ޓޫރިޒަމް ސެކްޓާއަށް ޕްރޮމޯޓް ކުރުމުގެ ގޮތުން މިނިސްޓްރީގެ އެހީތެރިކަން ހޯދުމެވެ.

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މި މައުރަޒުގައި ބައިވެރިވުމަށް ފޯމް ހުށެހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 30 އެވެ. މި ފެއާގައި ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއީ ތަފާތު އެކި އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 22-28 ނޮވެމްބަރު ގައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމާއި އުސޫލު ވަނީ މިނިސްޓްރީއިން އާންމުކޮށްފަ އެވެ.