ވިޔަފާރި

ފަންނު އެކްސްޕޯގެ ރަންވަނަ ފަސް ފަރާތަކަށް

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު- ފަންނު އެކްސްޕޯގެ އެންމެ ފާހަގަ ކޮށްލެވޭ ފަސް ފަރާތެއް ހޮވައި ރަން ވަނަ ދީފި އެވެ.

ފަންނު އެކްސްޕޯގައި ހަ ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން 30،000 ދިވެހި އުފެއްދުން ބައިވެރިކޮށްފައިވެ އެވެ. މި ހުރިހާ އުފެއްދުންތަކާ ވާދަކޮށް ރަން ވަނަ ލިބުނު ފަރާތްތަކަށް އިނާމު ދެއްވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރަންވަނަ ފަސް ފަރާތަކަށް ލިބިފައިވެ އެވެ.

ރަންވަނަ ލިބުނު ފަސް ފަރާތް:

  • އާމިނަތު ހުޝާމަތު / ސިނަމާލެ 1 - 1205 ، މާލެ
  • ބ. ތުޅާދޫ، ރިޔާޒްގެ، އަބްދުލް އަޒީމް އަބްދުލް ރަހީމް
  • ގއ. ތިނަދޫ، އަލަނާސިގެ، އައިމިނަތު މަނިކެ
  • މާލެ، ގ. ކެލީހިޔާ، ޝެހެނާޒު އަހުމަދު ރިޒާ
  • މާލެ، މޫވް، މުއީޒު ޝަފީއު

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފަންނު އެކްސްޕޯއިން ރަންވަނަ ހޯދާ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި އެސްއެމްއީ ބޭންކުން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ.

ފަންނު އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 16:00 އިން 23:00 އަށެވެ. އަދި އެހެން ދުވަސް ދުވަހުގެ 14:00 އިން 23:00 އަށެވެ.