ބަސް ދަތުރުތައް

އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް އެމްޕީއެލްއިން އިތުރުކޮށްފި

އެމްޕީއެލް ބަހަކަށް މީހުން އަރަނީ- އެއާޕޯޓަށް ކުރާ ބަސް ދަތުރުތަށް މިހާރު ވަނީ އިތުރުކޮށްފަ
0%
0%
0%

ކުރިއަށްއޮތް އީދު ބަންދާ ދިމާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް އިތުރުކޮށްފި އެވެ.

އެމްޕީއެލް އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް އިތުރުކޮށްފައިވާކަން އަންގާ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ބަންދާއި ދިމާކޮށް ގިނަ ބަޔަކު ފުރަން އެއާޕޯޓަށް ދާތީ، މިއަދުން ފެށިގެން މާލެ އަދި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ބަސްތައް އެއާޕޯޓުގެ ފުރާ ގިމަތަ ދޮރުމައްޗަށް މަޑުކޮށް ޕަސިންޖަރުންނާއި ލަގެޖް އަރުވާ ބާލާނެ ބަސް ސްޓޮޕެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަސެވެ.

ޓްރާންސްޕޯޓުން އިތުރަށް ބުނީ،އެއާޕޯޓުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް މާލެއާއި ހުޅުމާލޭގެ ބަސް ސްޓޮޕްތަކަށް މަޑުކޮށް މީހުންނާއި ލަގޭޖު އެރުވޭނެކަމަށެވެ. ކުރިން އޮތް ގޮތުންނަމަ ފަސެންޖަރުންގެ ލަގެޖު އެރުވުމާއި ބޭލުމުގެ ކަންކަން ކުރެވޭނީ ހަމައެކަނި މެއިން ބަސް ޓާމިނަލުންނެވެ. ނަމަވެސް އާ ބަދަލާއެކު ރިންގު ރޯޑުގައި ހުރި ހުރިހާ ބަސް ސްޓޮޕްތަކުން ލަގޭޖް ބޭލުމުގެ ކަންކަން ކުރިއަށް ދާނެ އެވެ.

މީގެ ކުރިން ބަސް ދަތުރުތައް އޮންނަނީ ކޮންމެ އެއްގަޑި އިރުންނެވެ. ބަހުގެ ހިދުމަތް މިހާރަށްވުރެ އިތުރު ކުރުމަށް އެމްޕީއެލްއިންވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ކޮންމެ 30 މިނެޓަކުން ބަސް ދަތުރު ކުރުމަށް ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910