ހަބަރު

މާލެއަަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

ށ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި 43 ފޫޓުގެ ލޯންޗެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހަތަރު ފަޅުވެރިންނާއެކު މާލެއަަށް ދަތުުރުކުރި "ރޯޔަލް ސްޕީޑް" ނަމަކަށް ކިޔާ ލޯންޗު އަރާފައިވަނީ ނ. ދެކެނަފަރު ކިޔާ ފަޅުރަށް ކައިރީގައި އޮތް ފަރަކަށް ކަމަށެވެ. އަދި އެމްއެންޑީއެފަށް އެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 1:00 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ލޯންޗު ފުން ކުރުމަށް އެހެން އުޅަނދެއް ހޯދުމުގެ މަސައްކަތް ލޯންޗުގެ ވެރިފަރާތާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށާއި، އެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.