ހަބަރު

މުދާއުފުލާ ދޯންޏެއް އަރިއަޅާލައިގެން އެމްއެންޑީފުން އެހީވަނީ

ކ. އަތޮޅު މާހަލް ކައިރިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް އަރި އަޅާލައިގެން މުދާތައް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:30 ގައި ކަމަށާއި "ސަމޯރާ 2" ނަމަކަށް ކިޔާ މި ދޯނީގައި ހަތަރު މީހުން ދަތުރު ކުރަމުން ދިޔަ ކަމަށެވެ. އެއީ ތިން ބިދޭސީންނާއި ދިވެއްސެކެވެ. އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑާއި ސީޖީ ލޯންޗް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ކަމަށެވެ.

މުދާތައް އޮޔާ ދާތީ ދަތުރުކުރާ ފަރާތްތައް ސަމާލުވާން އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.