ހައްޖުގެ އަޅުކަން

ހައްޖުވެރިންގެ ހާލު، ރައީސް ބައްލަވައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ރާއްޖެއިން ހައްޖަށް ގޮސް ތިބި ހައްޖާޖީންގެ ހާލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްލަވައިފި އެވެ.

ދިވެހި ހައްޖާޖީންނަށް ފޯނުން ގުޅުއްވައި ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެން ހައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ވިދާޅުވީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މި އަހަރު ހައްޖަށް މީހުން ގެންގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން އާއި މިނާ އަދި އެކްރޯ ގްރޫޕުންނެވެ. މި ގްރޫޕްތަކުން 2،000 މީހުން ވަނީ ހައްޖަށް ގޮއްސަ އެވެ.

އަރަފާތު ބިމުގައި މިއަދު ވަނީ ހައްޖުގެ ހުތުބާ ދީފަ އެވެ. އަދި މިރޭ އިރުއޮއްސުމުން ހައްޖުވެރިން މުޒްދަލިފާއަށް ދަތުރު ފަށާނެއެވެ.