ހަބަރު

ވިލިމާލޭގައިވެސް އީދު ކުޅިވަރު އެބައޮތް

މާލެގައި ތިބި މީހުންނަށް ވިލިމާލެގޮސް ވެސް އީދު މަޖަލުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ވިލިމާލޭ ޔޫތް ސެންޓަރުން ވަނީ "ވިލި އީދު އުފާ" ގެ ނަމުގައި އީދު ފާހަގަކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައެެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އީދު އުފާ ފެށުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ވިލިމާލޭގައި ބޯޅަދަނޑުގައި ބާއްވާ ހާއްސަ އީދު ސަލާމް ކުރުމާ ހަދިޔާ ބަދަލުކުރުމާ އެކު އޮންނަ ސައިޔަކުންނެވެ.

ފެންކުޅިއާއި މޫދު ކުޅިވަރާއި ފުރަތަމަ ދުވަހު ހެނދުނު ކުރިއަށްދާ އިރު ހަވީރު ކުޑަކުދިންނަށް ހާއްސަ މެޖިކް ޝޯއެއްވެސް ބަނަދަރު ސަރަހައްދުގައި އޮންނާނެއެވެ. ފުރަތަމަ ދުވަހުގެ ޕްރޮގްރާމް ނިންމާލަނީ ރޭގަނޑު އޮންނަ ހާއްސަ މިއުޒިކް ޝޯއަކުންނެވެ.

ދެވަނަ ދުވަހު ހަވީރު މާލި ޕެރޭޑް މަގުތަކުގައި އޮންނަ އިރު އެރޭ ވިލިމާލެ ބޯޅަ ދަނޑުގައި ބޮޑުމަސްނެރުން އޮންނާނެއެވެ.

ތިންވަނަ ދުވަހުގެ ހަވީރު ބޯޅަދަނޑުގައ ބޮޑުމަސް ނެރުމަށްވަނީ ހަމަޖެހިފައި ކަމުގައި އެ ވިލިމާލެ ޔޫތު ސެންޓަރުން އާއްމުކޮށްފައިވާ ޕްރޮގްރާމްގައި ބުނެއެވެ.

ވިލިމާލެ އީދު އުފާ ޝެޑިއުލް!