ވިލިމާލެ

ވިިލިމާލޭގައި މިރޭ ހަވާ އަރުވަނީ

މާލެ ސިޓީ -- ވިލިމާލެ -- ގައި މިރޭ ހަވާ އަރުވަން ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ވިލިމާލެ އުތުރު ސަރަހައްދު ބަނދަރާ ދިމާ ބޭރުން ހަަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އަރުވަން ފަށާނީ މިރޭ 9:30 ގައެވެ.

ވިލިމާލޭގައި ހަވާ އަރުވަނީ އަލްހާ އީދާއި ގުޅިގެން އެ އަވަށުގައި ކުރިއަށް ގެންދިޔަ އީދު އުފާގެ ހަރަކާތްތައް ނިންމުމުގެ ގޮތުންނެވެ. އެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ބައެއް މީހުން ބުނީ ވިލިމާލޭގައި އީދު ފާހަގަ ކުރަން ހިންގި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ވިލިމާލެ ރައްޔިތުންގެ ފަރާތުން ހަވާ އެރުވުން މިރޭ އޮންނާނެ ކަމަށެވެ.

އެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އެދިފައެވެ.

ވިލިމާލޭގައި މި އަހަރު ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަ ކޮށްފައިވެއެވެ.