ދުނިޔެ

ތަންޒާނިޔާގައި ފިޔުލް ޓޭންކަރެއް ގޮވައި 60 މީހުން މަރުވެއްޖެ

ތަނަޒާނިޔާ ގައި ފިޔުލް ޓޭންކަރެއް ގޮވުމުގެ ސަބަބުން 60 މީހުން މަރުވެ، 70 މީހުން ޒަހަމްވެއްޖެ އެވެ.

ތަނަޒާނިޔާގެ ފުލުހުން ބުނީ، ފިޔުލް ޓޭންކަރު ގޮވާފައިވަނީ އިއްޔެ މޮރޮގްރޯ އަވަށައް ވުރެ 200 ކިލޯމީޓަރުން ދުރު ދާރް އެލް ސަލާމް ގަ އެވެ. ފިޔުލް ޓޭންކަރު ގޮވާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ނެއްޓެން މަސައްކަތް ކުރުމުގެ ތެރޭގައި ފުރޮޅާލުމުގެ ސަބަބުންނެވެ.

ޒަހަމްވި މީހުނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ތަނަޒާނިޔާގެ ޕޮލިސް ކޮމިޝްނަރު ވިދާޅުވި، މި ގޮވުމަކީވެސް އާދައިގެ ގޮވުމެއް ކަމަށެވެ. އޭނާ ވިދާޅުވި، އެފްރިކާ ބައްރުގެ ގައުމުތަކުގައި ފިޔުލް ޓޭންކަރު ނުވަތަ އެނޫންވެސް ތަކެތި ގޮވައިގެން މީހުން މަރުވުމަކީ އާންމު ކަމެއް ކަމަށެވެ.

އާންމު ގޮތެއްގައި އެފްރިކާގެ ގައުމުތަކުގައި ފިޔުލް ޓޭންކަރު ގޮވަނީ، ސައިކަލު ނުވަތަ ކާރުތަކަށް ތެޔެ އެޅުމުގެ މަސައްކަތް ކުރަމުގެ ތެރޭގަ އެވެ.

ތަނަޒާނިޔާގެ ގައުމީ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަދި އެގައުމުގެ ފުލުހުންނަށް މަރުވި މީހުންގެ އަދަދު ޔަގީން ކުރެވިފައި ނުވެ އެވެ.