ހަބަރު

ލޯންޗެއް ހުއްޓި ހާލުގައި ޖެހުނު ބަޔަކު މާލެ ގެނެސްފި

Aug 11, 2019
1

އީދު ޗުއްޓީގައި ދަތުރު ގޮސް އުޅުނު ބައެއްގެ ލޯންޗު ހުއްޓި ހާލުގައި ޖެހިއްޖެ އެވެ. އޭގައި ތިބި އެންމެން ސަލާމަތްކޮށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހާލުގައި ޖެހުނީ ކޮށްދިއްޕަރު ކައިރިންނެވެ.

ހާލުގައި ޖެހުނީ ތިން ފިރިހެނުންނާއި ހަތް އަންހެނުންނާއި 10 ކުޑަ ކުދިންނެވެ. އެ އެންމެން މެރިން ފުލުހުންގެ ލޯންޗެއްގައި މާލެ ގެނެސްފައިވަނީ މިރޭ އެވެ.

ރާއްޖެއަށް މޫސުން ވަރަށް ގޯސްވެފައިވާއިރު މިއަދު ވަނީ ކަނޑުމަތީ ގިނަ ހާދިސާތަކެއް ހިނގާފަ އެވެ. ފުލުހުންނާއި ޑިޒާންސްޓާ މެނޭޖުމެންޓުން ވަނީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރު ފަތުރުކުރުން މަޑުޖައްސާލަން އިލްތިމާސްކޮށްފަ އެވެ.