ހަބަރު

"ހޮނާސް ލެގަސީ" ސަފާރީ ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

"ހޮނާސް ލެގަސީ" ނަމަކަށްކިޔާ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އުތުރު ތިލަފަޅު ކައިރީ އަޅާފައި އޮތް "ހޮނާސް ލެގަސީ" ނަމަކަށްކިޔާ ސަފާރީއެއް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށާއި، އެކަމުގެ ރިޕޯޓް ލިބިފައިވަނީ، 13:25 ހާއިރު ކަމަށެވެ.

އެ ސަފާރީގައި 18 ފަތުރުވެރިންނާއި، 12 ފަޅުވެރިން އެބަތިބި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އިއްޔެއިން ސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއި އެކު ވިއްސާރަކޮށް، ކަނޑުތަށް ގަދަވެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް ކަނޑުމަތީގެ އަށް ހާދިސާއެެއް ހިގައިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާއިންނާއި. ސިފައިންނާއި، ފުލުހުންވެސް ވަނީ މިދުވަސްކޮޅު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފަ އެވެ.