ދުނިޔެ

ޕާކިސްތާނުން އިންޑިއާ ބޯޑަރު ކައިރިއަށް ހަތިޔާރު ޖަމާކުރަން ފަށައިފި

ޢިންޑިއާގެ ސްޓޭޓަށް ކަމަށްވާ ކަޝްމީރުގެ ބޯޑަރު ޕާކިސްތާނާއި ގުޅެ ހިސާބަށް ހަތިޔާރު ޖަމާކުރުމުގެ މަސައްކަތް ޕާކިސްތާނުން ކުރަން ފަށައިފި އެވެ.

ޕާކިސްތާނުން ކަޝްމީރު ސަރަޙައްދަށް ހަތިޔާރު ޖަމާކުރަން ފެށީ ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް އިންޑިއާގެ މައި ސަރުކާރުން އުވާލުމަށް ނިންމުމާ ގުޅިގެންނެވެ. ޕާކިސްތާނުން ކަޝްމީރު ސަރަހައްދަށް ސީ 130ގެ ހަނގުރާމަވެރި މަތިންދާ ބޯޓުތަށް ޖަމާކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން ކަޝްމީރަށް ލިބިދޭ އިމްތިޔާޒުތަށް އުވާލުމުން ޕާކިސްތާނުން ވަނީ އެކަމާއި ހިތްހަމަނުޖެހުން ފައުޅުކޮށްފަ އެވެ.

ހާއްސަ އިމްތިޔާޒުތަށް އުވާލުމަށް ނިންމުމުން ކަޝްމީރުގެ މުސްލިމުން ވަނީ އެކަމާ ދެކޮޅު ހަދާފ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ.

މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.

ހަމަނުޖެހުން ހިންގާކަމަށް ބުނެ، އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ކުޑަ ކުދިން އަދި މުސްކުޅިންގެ ލޮލަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ސިފައިންގެ ހިންގާ އަމަލުތަކުގެ ސަބަބުން އެ ސްޓޭޓުގެ މީހުންގެ އިންސާނީ ހައްގުތައް އުނިކަން ލިބޭކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ބުނެފަ އެވެ. އަދި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީއިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމު އަދި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.