ހަބަރު

ބިރު ދައްކާފައި އޭޓީއެމުން ފައިސާ ނަގުވައި ފޭރިގަނެފި

މާލޭގައި މިއަދު ހަވީރު މީހަކަށް ބިރު ދައްކައިގެން އޭޓީއަމަކަށް ގެންގޮސް އެކައުންޓުގައި ހުރި ފައިސާ އޭނޭ ލައްވައި ނަގައި، އެ ފައިސާ އޭނާގެ އަތުން ފޭރިގަނެގެން ގޮސްފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ދެ މީހަކު ގޮސް ބިރު ދެއްކީ ޖަމާލުއްދީން ސްކޫލް ކައިރީގައި މިއަދު ހަވީރު ހުރި 18 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ބިރު ދައްކައިގެން ގެންދިޔައީ އޮލިމްޕަސް ކައިރީގައި އޭޓީއަމަށެވެ. އަދި އޭޓީއެމަށް ގެންގޮސް އޭނާއަށް ބިރު ދައްކައިގެން އޭނާގެ އެކައުންޓުން ނެގީ 1700 ރުފިޔާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ މިރޭ 19:19 ހާއިރު އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.