ހަބަރު

ހިނގާފައި ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަނެފި

މާލޭގެ މަގުމަތީގައި ހިނގަމުން ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން ގޮސްފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި އަމީނީ މަގު ސްޓެލްކޯ ކައިރީގައި ހުއްޓައި ބިދޭސީ މީހާގެ ފޯނު ފޭރިގަނެގެން ގޮސްފައި ވަނީ ސައިކަލުގައި ދިޔަ ދެ މީހެކެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ މިރޭ 19:19 ހާއިރު އެވެ. މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއަދު ހަވީރު މީހަކަށް ބިރު ދައްކާފައި އޭޓީއެމަކަށް ގެންގޮސް އޭނާ ލައްވައި އެކައުންޓުގައި ހުރި ފައިސާ ނަގައި، އެ ފައިސާތައް ފޭރިގަނެގެން ގޮސްފައިވާ މައްސަލައެއް ވެސް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ.