ހަބަރު

މަހިބަދޫގެ ގެއަކުން ވައްކަން ކުރި މީހާ ހައްޔަރުކޮށް، ފައިސާތައް ހޯދައިފި

Aug 16, 2019
1

އިއްޔެ އދ. މަހިބަދޫގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން އެ ގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި 25 އަހަރު ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ގެއިން ވަގަށް ނަގާފައިވާ 46،000 ދިވެހި ރުފިޔާގެ އިތުރުން 84 އެމެރިކާ ޑޮލަރު ފޮރުވާފައިވަނިކޮށް، އެ ފައިސާތައް ހޯދާފައިވާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި އީދު ބަންދު ތެރޭގައި ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓްކޮށްފަ އެވެ.