ހަބަރު

ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

Aug 16, 2019
1

މާލޭގައި ހުރި ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހެންވެއިރު ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔަ އިރު ވައްކަމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ދުވެފައި ދަނިކޮށް ފެނިފައިވާ ކަމަށެވެ.

އެ ސަރަހައްދަށް ދިޔަ ފުލުހުން އެ މީހުން ފަހަތުންގޮސް ހުއްޓުވައި، ބަލާ ފާސްކުރިއިރު، އެމީހުންގެ އަތުން ގާތްގަނޑަކަށް 750 ދިވެހި ރުފިޔާ، އެ ފިހާރާގައި ރާސްޓަސް އަޅަން ބޭނުންކުރި ނޮކިއާ ބްރޭންޑްގެ ފޯނެއްގެ އިތުރުން އެހެން ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 28 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އީދު ބަންދު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓުކޮށްފަ އެވެ.