ދުނިޔެ

ކަސްރަތާއި ޑައެޓުން 18 ކިލޯގެ ބުޅަލެއް ހިއްކާލައިފި

Aug 1, 2015

އެ ކްލިނިކްގެ ޑރ. ބްރިޓްނީ ބާޓަން މިހާރު އެޑޮޕްޓްކޮށްފައިވާ "ސްކިނީ" ("ހިކައަނަރޫފަ") ގެ ނަން ދީފައިވާ މި ބުޅާ ހިއްކާލީ ކަސްރަތާއި ހާއްސަ ޑައެޓްއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޓްނީ ވިދާޅުވީ ސްކިނީ އަކީ "ބޮޑު ބުޅަލެއް" ކަމަށް ވިޔަސް "ފަލަ ބުޅަލަކަށް" ކޮންމެހެން ވާން ނުޖެހޭ ކަަމަށެވެ!

ހަފުތާބަންދުގައި ބްރިޓްނީގެ އާއިލާާއެކު ގޭގައި ވަގުތުތައް ހޭދަ ކުރި ނަމަވެސް ކްލިނިކް ހުޅުވާފައި ހުންނަ ދުވަސްތައް ސްކިނީ ހޭދަ ކުރަނީ އެ ކްލިނިކް ތެރޭގައެވެ. އެ ގޮތުން އެ ކްލިނިކްގެ މާހައުލުގައި އެއް ތަނުން އަނެއް ތަނަށް ޒިޔާރަތްކޮށް އުޅޭ ކަމަށްވެއެވެ.

އެހެންކަމުން ސްކިނީއަކީ މިހާރު ހީލް ވެޓެރިނަރީ ހޮސްޕިޓަލްގެ "ރެސިޑެންޓް" ޑޮކްޓަރުން ފަދައިން އެ ތާނގެ "ރެސިޑެންޓް" ބުޅަލެއް ކަމަށް ބްރިޓްނީ ސިފަކުރެއްވިއެވެ!

ސްކިނީ ފެނިފައިވަނީ ޑަލަސް ކައިރިއަށް ދޫކޮށްލެވިފައި ވަނިކޮށެވެ. އެހެންވެ އެ ސޮރު ވަނީ 2012 ވަނަ އަހަރު "ބުޅަލުގެ ހިޔާ"އަކަށް ގެނެވިފައެވެ. ބްރިޓްނީ ސްކިނީ އެޑޮޕްޓް ކުރީ ނުވަތަ އޭނާގެ "އާއިލާއަށް ބަލައިގަތީ" 2013 ގައެވެ.