ހަބަރު

20 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވާތީ ކަފުޖަހައިގެން ގެންދަނީ

ޅ. ހިންނަވަރުން ފުރައިގެން 20 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީވެ، ސަޕްލައި ދޯންޏެއްގައި ކަފު ޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، 20 މީހުންނާއެކު ނައިފަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ލޯންޗް ދިޔަވާން ފެށީ ގާފަރުގެ އިރު އުތުރުން ހަތަރު ނޯޓިކަލް މޭލް ބޭރުން ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:50 ހާއިރު ކަމަށެވެ.

އެލޯންޗް ކަފު ޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.