ހަބަރު

ތިމަރަފުށީގައި މާރާމާރީ ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި

Aug 16, 2019
1

ތ. ތިމަރަފުށީގައި މިއަދު ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ތިމަރަފުށީގައި މިރޭ 9:10 ހާއިރު މާރާމާރީ އެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި މާރާމާރީ ހިނގާފައިވަނީ އެރަށު ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށެވެ. މާރާމާރީގައި ދެމީހަކަށް ވަޅިން ހަލަމާ ދީފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެމައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 20 އަހަރުގެ ދެމީހަކާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.