ތިމަރަފުށި

ތިމަރަފުށީ އަންހެން މީހާގެ މައްސަލަ ބަލަނީ

Dec 12, 2021

ތިމަރަފުށީ ގެސްޓްހައުސް އަކަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އަންހެނަކު ތިމަރަފުށީ ގެސްޓްހައުސް އަކަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް އެ ހިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. އިތުރު ތަފްސީލު ނުދީ ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ އަންހެން މީހާ ގެންދަނީ ހުތުރު ބަހުން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަމުންނެވެ. އަދި ދީނަށްފުރައްސާރަކޮށް މާތްﷲ އާއި މާތް ނަބިއްޔާއަށް ހުތުރު ބަސްތަކުން މުހާތަބު ކުރަމުންނެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.