ޖިންސީ ގޯނާ

ޖިންސީ ހާނީއްކައިގެ ތުހުމަތު އޮތް މީހަކު ހޯދަނީ

Apr 14, 2021
1

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކޮށްފައިވާ ކަމަށް ތުހުމަތު އޮތް މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަންޖެހޭ މީހަކު ނުފެނިގެން ހާޒިރު ވާން އިއުލާނެއް ކޮށްފި އެވެ.

ފުލުސް އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ފުލުހަށް ހާޒިރުވާން އިއުލާން ކޮށްފައިވާ މީހަކީ ތ. ތިމަރަފުށީ، ހަސަން ނިޒާރު 59، އެވެ. ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާ ކަމަށެވެ.

އަދި ބުނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.