މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ ހަފްތާގައި ސިޓިކާ ޖެހި އަދަދު މަދުވެއްޖެ

މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ ހަފުތާގައި 44 އެއްގަމު އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭގެ ކުރީ ހަފްތާގައި 460 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފަ އެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ސްޓިކާ ޖަހާފައިވަނީ އެންމެ 44 ވެހިކަލެއްގަ އެވެ.

ފުލުހުން މިއަދު އާންމުކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭގެ 31 އެކްސިޑެންޓެއް ހިނގާފައިވާއިރު އަށް މީހަކަށް އަނިޔާވެފަވެ އެވެ.

ހިސާބުތަކަށް ބަލާއިރު ލައިސަންސް ނެތި 49 މީހުން އުޅަނދު ދުއްވާފަވާއިރު 33 މީހަކު ވަނީ ލައިސަންސް ކާޑު ނުލާ ދުއްވާފަ އެވެ. އަދި އުޅަނދު ތަކުގެ އަހަރީ ފީ ނުދައްކައިގެން 14 އުޅަނދެއް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

މީގެ އިތުރުން، ރޯޑް ވޯދިނަސް އަދި އިންޝުއަރެންސް ނަހައްދާ 34 މީހަކު ދުއްވި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން އަށް މީހަކާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ހަތަރު ކުއްޖަކު ހިފަހައްޓާފަވެ އެވެ.

ފުލުހުން ވަނީ މިދިއަ ހަފްތާގައި 123 އުޅަނދެއް ބަލާފާސްކޮށް، އެއް ވެހިކަލް ވެސް ޓޯ ކޮށްފަ އެވެ.