ލައިފްސްޓައިލް

މޫނު ތެޔޮ ވަނީތަ؟ މީގެ މާސްްކެއް ޓްރައި ކޮށްލަބަލަ!

Aug 19, 2019
1

ކޮންމެ މީހަކުވެސް މަސައްކަތަށް ގެއިން ނިކުންނާނީ ވަރަށް ރީތިވެލައިގެންނެވެ. އަންހެނުން ނަމަ މޭކަަޕްވެސް ކޮށްލައިގެން ވަރުގެ ކޮޅަށް ނަލަ ހެދިގެނެވެ. ނަމަވެސް، ދުވަހުގެ މެދާ ހިސާބަށް ނުދެވި މުޅި މޫނު ތެޔޮ ވާ މީހުންވެސް އުޅެ އެވެ. ތެޔޮ ވުމުުގެ އުނދަަގޫ އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ "އޮއިލީ ސްކިން" ހުންނަ މީހުންނަށެވެ.

މިކަހަލަ މީހުން ބޭނުންކުރާ ކޮންމެ ޕްރޮޑަކްޓް އެއް އޮއިލީ ސްކިން އަަށް ސޫޓަބަލް ތޯ ބަލަން ޖެހެ އެެވެ. ކްރީމް އެއްޗެހީގެ ބަދަލުގައި ވޯޓާ ބޭސްޑް ޖެލް ޕްރޮޑަކްޓްތަކާއި މެޑިކޭޓެޑް ސައިބޯނި ބޭނުން ކުރުމުގެ އިތުރުން، ތަފާތު މާސްކެއް ޓްރައި ކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟

ރީނދޫ މާސްކު

ރީނދުލަކީ ހަމަށް ވަރަަށް ފައިދާ ހުރި އެއްޗެކެވެ. މި މާސްކުގައި ރީނދޫ ކޮޅަކާއި ފުނޑުކޮށްފައި ހުރި ކެލާ ފެނާއެކު ނުވަތަ، ފިނިފެންމާ ފެނާ އެއްކޮށްލާފައި މޫނުގައި މަޑުމަޑުން އުނގުޅާލާށެވެ. 15 ވަރަކަށް މިނެޓު މަޑުކުރުމަށްފަހު މޫނު ދޮވެލާށެވެ.

ފޮނިތޮއްޓާއި ލުނބޯ

ލުނބޯ ހުތް ކޮޅެއް ފެލާ، އޭގެ ދިޔަކޮޅުގެ ތެރެއަށް ފުނޑުކޮށްފައި ހުރި ފޮނިތޮށި ކޮޅެއް އަޅާލާށެވެ. އަދި މާމުއި ކޮޅެއް އެއްކޮށް ހަރު ޕޭސްޓަަށް ހެދުމަށްފަހު، މޫނުގެ ބިހިތަކުގައި އުނގުޅާށެވެ. އެއްގަޑި އިރު ވަންދެން ހަފްތާ އަކު ކޮންމެ ދުވަަހަކު މި ޕޭސްޓު ބޭނުން ކުރުމުން މޫނުގައި ހުރި ބިހިތަކަށް އަސަރުކޮށް މޫނު ތެޔޮވުމުން ދުރުކޮށްދޭނެ ކަމަށް ބުނެ އެެވެ.

ކެލާ ކުނޑި އާއެކު ފިނިފެންމާފެން

ފިނިފެންމާފެން ނުވަތަ ރޯސްވޯޓާގެ ތެރެއަށް ކެލާ ކުނޑި އަދި ލުނބޯހުތްކޮޅެއްް ހެދުމަށްފަަހު ޕޭސްޓެއް ހަދާށެވެ. ހަފްތާ އަަކު ދެތިން ފަހަރު މި ޕޭސްޓު ބޭނުން ކުރެވޭނެ އެވެ. ކެލާގައި ހިމެނޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން މޫނުގައި ހުންނަ ލައްތައް ފިލުވުމަށް އެހީވެދީ ހަންގަނޑު އަލިކޮށްދޭނެ އެވެ.

އަަމިއްްލަ އަށް ގޭގައި ތައްޔާރުކޮށްލެވޭ މިކަހަލަ މާސްކުތަކަށް ބޭނުންވާ ތަކެތި ހޯދުމަކީވެސް މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. ފޮނިތޮށި، ކެލާ ކުނޑި ކަހަލަ އެއްޗެހި މިހާރު ފުޅި ފުޅީގައި ވިއްކަން ހުންނާނެ އެވެ. ބާކީ ހުރި ގިނަ އެއްޗިއްސަކީ ބަދިގެއިން ފަަސޭހައިން ލިބޭނެ އެއްޗިއްސެވެ.

ހަންގަނޑު ތެޔޮވުމަށާއި ހަމަށް އަލިކަމެއް ގެނެސްދީ ރީތިކޮށްލުމަށް އެހީވެދޭ މި މާސްކުތަކުގައި ހިމަނާފަައިވަނީ ގުދުރަަތީ ތަކެއްޗެވެ. މާސްކު ބޭނުން ކުރުމުގެ ކުރިން ހަމާ ގުޅޭތޯ ބެލުމަށާއި އެލާޖިކް ރިއެކްޝަން އެއް ހުރިތޯ ބެލުމަށް ޕެޗް ޓެސްޓެއް ކޮށްލުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށް ސްކިން ކެއާ ޓިޕްސް ދޭ މީހުން ބުނެ އެވެ.