ހަބަރު

ފީނަން ފޭބި ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ފީނަން ފޭބި ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި ފަތުރުވެރިޔާ ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ކަނޑޫމާ ތިލަ އަށް "އޯސީއޭ އެމް ސެވަން އެސް" ސަފާރީގައި ޑައިވް ކުރަން ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފެށީ އިއްޔެ އެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރުފަހު 1:10 ހާއިރު އެވެ.

ފަތުރުވެރިޔާ ފީނަން ފައިބާފައިވަނީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ އަދި ކިތައް އަހަރުގެ އަންހެނެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވެ އެވެ.