ހަބަރު

ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ފީނަން ފޭބި ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކަނޑޫމާ ތިލަ އަށް "އޯސީއޭ އެމް ސެވަން އެސް" ސަފާރީގައި ޑައިވް ކުރަން ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ އެދުވަހުގެ މެންދުރުފަހު 1:10 ހާއިރު ކަމަށެވެ.

އެއަންހެންމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފު ކޯސްޓްގާޑްގެ ޑައިވަރުންނާއި، ކޯސްޓްގާޑްޝިޕް ޝަހީދު އަލީއިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ފަތުރުވެރިޔާ ފީނަން ފައިބާފައިވަނީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ އަދި ކިތައް އަހަރުގެ އަންހެނެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވެ އެވެ.