އެމްއެމްޕީއާރްސީ

"ޖާނީ ޓު ދަ ސަނީ ސައިޑް" ރޯޑް ޝޯ ސްވިޒަލެންޑުގައި

ފަތުރުވެރިކަން އިޝްތިހާރުކުރަން އެމްއެމްޕީއާރްސީއިން ބާއްވާ "ޖާނީ ޓު ދަ ސަނީ ސައިޑް" ރޯޑް ޝޯ ސްވިޒަލެންޑުގައި އިއްޔެ ފަށައިފި އެވެ.

މި ރޯޑް ޝޯގައި ރާއްޖޭގެ ފަރާތުން ޖެނެއިވާއަށް ކަނޑައަޅާފައިވާ ސަފީރު ހާލާ ހަމީދު ބައިވެރިވި އެވެ. މި ރޯޑްޝޯއަކީ އެމްއެމްޕީއާރުސީ ގެ ފަރާތުން ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ސިލްސިލާގެ ފަސް ވަނަ ރޯޑް ޝޯ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ސްވިޒަލެންޑުގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރެވިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.

އެމްއެމްޕީއާރްސީއިން ބުނީ މި ރޯޑް ޝޯގައި ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފުރުސަތު ލިބެގެން ދާނެ އެވެ. މި ދަތުުރު ސްޕޮންސާ ކުރީ ލަކްސް ނޯތް މާލެ އެޓޯލް، ލަކްސް ސައުތް އަރި އެޓޯލް އަދި ޔޫ އެންޑް މީ ބައި ކުކޫން ރިސޯޓުންނެވެ.

އެމްއެމްޕީއާރްސީއިން ވަނީ "ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ރޯޑް ޝޯ އެއް މި މަހުގެ ހަ ވަނަ ދުވަހުން ނުވަނަ ދުވަހަށް ވަނީ ސައުތް ކޮރެއާގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.