މާފަންނު ގެއެއް ބަލާ ފާސްކޮށް މަަސްތުވާތަކެއްޗާއެކު 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ގެ ބަލާ ފާސްކުރީ މަސްތުވާތަކެތި ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލުމާތަކާ ގުޅިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ އޭނާގެ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ބްލެޓާއި ފުއްޕާ ހަމަކާއި ޖޫސްޕެރީ ކޮތަޅަކާއި ހަތް ރަނބަރު ޕެކެޓާއި ބިޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފެނުނު ތަކެތީގެ ތެރޭގައި 75 ގްރާމްގެ ހެރޮއިން އަދި 17 ގްރާމްގެ ކެނެބިސް ހިމެނެ އެވެ.