ކުޅިވަރު

ފުރަތަމަ މެޗުން ބަލިވިޔަސް ރާއްޖެއަށް އުންމީދު އެބައޮތް

އެންމެ ފަހުގެ ޗެމްޕިއަން ކިރިގިސްތާން އަތުން ގައުމީ ވޮލީ ޓީމު ބަލި ވެއްޖެ އެވެ. ކިރިގިސްތާން މެޗު ކާމިޔާބު ކުރީ، ސީދާ ތިން ސެޓުންނެވެ.

މި އަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި، ނޭޕާލްގައި ބާއްވަމުންދާ މުބާރާތަށް ދިޔަ ގައުމީ ވޮލީ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ބޮޑު ފުރުސަތެއް އަދިވެސް އެބައޮތެވެ. މިއަދު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގަ ޔަގީން ކުރެވޭނެ އެވެ.

ރޭ ކުޅުނު މެޗުގެ ސެޓްތައް ކިރިގިސްތާން ގެންދިޔައީ 25-15 ،26-24 އަދި 25-19 އިންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރުމާ ވަރަށް ގާތަށް ރާއްޖެ ދިޔަ އެވެ. ބާވިސް ޕޮއިންޓް ހޯދައި މެޗު ނިންމާލުމާ ތިން ޕޮއިންޓް ކައިރިގައި އޮތް ރާއްޖޭގެ ޓީމަށް މައްސލަ ކުރިމަތި ވި އެވެ.

މުބާރާތް ކަވަރު ކުރަން ނޭޕާލަށް ދިޔަ ދިވެހި މީޑިއާއާ ވާހަކަ ދައްކަމުން، ގައުމީ ކޯޗް މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) ބުނެފައި ވަނީ މެޗު ގެއްލުނީ އާދައިގެ މިސްޓޭކުތަކުން ކަމަށެވެ. އޭނާ ބުނީ މެޗުގެ ދެ ވަނަ ސެޓް ވަރަށް ރަނގަޅަށް ކުޅެފައި އަތުން ދޫވުމުން އޭގެ އަސަރު ޓީމަށް ކުރި ކަމަށެވެ.