ބޭރު ކުޅިވަރު

ޗެކަށް އިހްތިރާމް ކުރަން އިވަނޮވިޗް ސަޕޯޓަރުން ކިބައިން އެދެފި

Aug 1, 2015

އެގާރަ އަށް ފަހަރު ޗެލްސީ ދޫކޮށް ކީޕަރު ޕީޓަ ޗެކް އާސެނަލް އަށް ދިޔަ ފަހުން އޭނާ ކުޅޭ ފުރަތަމަ މެޗުގައި ކުރީގެ ކުލަބާ ދެކޮޅަށް މާދަމާ ރޭ ނުކުންނައިރު އޭނާ އަށް އިހްތިރާމް ކުރަން ސަޕޯޓަރުންނަށް ޗެލްސީގެ ޑިފެންޑަރަކު ގޮވާލައިފި އެވެ.

އުމުރުން މިހާރު 32 އަހަރުގެ ޕީޓަ ޗެކް 11 އަހަރަށް ފަހު ޗެލްސީ ދޫކޮށްލީ ހުސްވި ސީޒަނުގެ ފެށިގެން ޓީމުގެ ފުރަތަމަ 11 އިން އޭނާ އަށް ޖާގަ ނުލިބެން ފެށުމުންނެވެ. އެއީ ބެލްޖިއަމްގެ ޒުވާން ކީޕަރު ތިބައޫޓް ކޯޓުއާ ޗެލްސީއާ ގުޅުމުންނެވެ. ޗެކް އާސެނަލް އަށް ބަދަލުވީ 11 މިލިއަން ޕައުންޑަށެވެ. އޭނާ އެކުލަބަށް ގެންދިޔައ ކޯޗު އާސެން ވެންގާ ފާއިތުވެދިޔަ ދެ އަހަރު ވެސް އޭނާ ގަތުމަށް މަސައްކަތްކުރި ފަހުންނެވެ.

އިވަނޮވިޗް ބުނީ ޗެކް ޗެލްސީ ދޫކޮށްލީ ސަބަބުތަކެއް އޮވެގެން ކަމަށާއި އަދި އޭނާ މިހާރު ވެސް ޗެލްސީދެކެ ލޯބިވާ ކަމަށެވެ. އަދި އެހާ ގިނަ ދުވަހު ޗެލްސީ އަށް ކުޅެފައި އެންމެ ފުރަތަމަ ވެސް އެ ޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި މިހެންވެ މިއީ ކީޕަރަށް ވަރަށް ހާއްސަ މެޗަކަށްވާނެ ކަމަށެވެ.