ފައިސަލް ނަސީމް

މާލޭގެ ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މާލޭ ސިޓީގެ ތަރައްގީގެ މަޝްރޫ އާއި ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މާލޭ ސިޓީގެ ކައުންސިލަރުންނާ މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، މާލޭ ސިޓީގެ ތަރައްގީއަށް ކުރެވުން ހުރި ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ ޓްރެފިިކުގެ މައްސަލަތައް ހައްލުކޮށް، މާލެއަކީ ހިތްފަސޭހަ އަދި ދިރި އުޅެން ފަސޭހަ ތަނަކަށް ހެދޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މާލޭ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.