ބޭރު ކުޅިވަރު

ވޮލްކޮޓާއި ކަޒޯލާ އެގްރީމަންޓް އާކޮށްފި

Aug 1, 2015

އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ތިއޯ ވޮލްކޮޓާއި ސަންތި ކަޒޯލާ އެގްރީމަންޓް އާކޮށްފި އެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅޭ ވޮލްކޮޓް، 26 އޭނާގެ ކޮންޓްރެކްޓް އާކުރީ ކުރިއަށް އޮތް ހަތަރު އަހަރަށެވެ. މި ކޮންޓްރެކްޓްގެ ދަށުން ހަފުތާއަކު 140،000 ޕައުންޑް އޭނާ އަށް ލިބޭނެ އެވެ.

ސައުތެމްޓަނުން 2006 ވަނަ އަހަރު 12.5 މިލިއަން ޕައުންޑަށް އާސެނަލް އަށް ބަދަލުވުމަށް ވޮލްކޮޓް ގިނައިން އުޅެން ޖެހިފައިވަނީ އަނިޔާގަ އެވެ. އޭނާ މިހާތަނަށް އެކުލަބަށް ކުޅެދިން 208 މެޗުގައި ޖެހީ އެންމެ 50 ގޯލެވެ.

ސްޕޭނުގެ މިޑްފީލްޑަރު ކަޒޯލާ، 30، ކޮންޓްރެކްޓް އާކުރީ ކުރިއަށް އޮތް ދެ އަހަރަށެވެ.

" މި ދެ ކުޅުންތެރިންނަކީ އަހަރުމެންގެ ޓީމަށް ވަރަށް މުހިންމު އަދި ނުފޫޒުގަދަ ދެ ކުޅުންތެރިން. ދަނޑުމަތީގައި މި ދެ ކުޅުންތެރިން ދައްކާ ކުޅުމުން އެމީހުންނަށް ސަޕޯޓަރުންގެ ލޯބި ވަނީ ލިބިފައި،" ކޯޗު އާސެން ވެންގާ ބުންޏެވެ.