ކޮކާ ކޯލާ

ކޮކާ ކޯލާ އެޕް: ކޯކު ބުއިންތައް ހިލޭ ގެއަށް

ބިޒީ ދުވަހެއް ނިންމާލުމަށްފަހު ކޯކު ބޯން ބޭނުން ތަ؟ ފިހާރަ އަކަށް ދިއުމުގެ ބަދަލުގައި މިހާރު ގޭގަ ހުރެގެން ވެސް ކޯކާ ކޯލާގެ ބުއިމަކަށް އޯޑަރު ކުރެވިދާނެ އެވެ. އެގޮތަކީ ކޯކުއެ ޕެވެ.

ކޮކާ ކޯލާއިން ފޯރުކޮށްދޭ ހިދުމަތްތަައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދޭން ވަނީ އެޕްލިކޭޝަނެއް ވެސް ތައަރާފުކޮށްފަ އެވެ. "ކޯކް2ހޯމް" އެޕްލިކޭޝަން އިން ކަސްޓަމަރަކު ބޭނުންވާ ވައްތަރެއްގެ ކޮކާ ކޯލާ ބެވަރޭޖެއް ގޭގަ ހުރެގެން އޯޑަރު ކުރެވޭނެ އެވެ. އަދި އޯޑަރު ކުރުމުން ގެއަށް ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.

ކޮކާ ކޯލާ ކުންފުނިން އަންނަނީ ކަސްޓަމަރުންނާއި ރައްޓެހި ގޮތްތަަކަށް ހިދުމަތްތައް ދޭން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި މި އެޕްލިކޭޝަން އިތުރަށް ތަރައްގީކޮށް ކަސްޓަމަރުންނާއެކު މުވާސަލާތު ކުރުމުގެ ހިދުމަތްތައް ވެސް ތައާރަފުކުރެވޭނެ އެވެ.

"ކޯކް2ހޯމް" އެޕްލިކޭޝަން އިން އޯޑަރު ކުރަން ފުރަތަމަ އެކައުންޓެއް ހަދާފައި ރަޖިސްޓްރީ ކުރާނީ އެވެ. އަދި އެއަށްފަހު ބޭނުންވާ އެއްޗެއް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. މި އެޕުގައި ހިމެނޭ ޑްރިންކު ތަކުގެ ތެރެއިން އެންމެ ގަޔާވާ ޑްރިންކުތައް "ފެވަރިޓް" އަށް ސެލެކްޓު ކުރެވޭނެ އެވެ. ކަސްޓަމަރަކު ބޭނުންވާ ޑްރިންކެއް "ފެވަރިޓް" އެއް ގޮތުގައި ސެލެކްޓް ކުރުމުން އެ ޕްރޮޑަކްޓެއް އޯޑަރު ކުރަން ކޮންމެ ދުވަހަކު ނޮޓިފިކޭޝަން ލިބޭނެ އެވެ. އަދި ދެވަނަ ފަހަރަށް ޕްރޮޑަކްޓެއް އޯޑަރު ކުރަން ބޭނުންވާ ނަމަ ފެވަރިޓް އިން ސެލެކްޓު ކުރުމުން ފަސޭހަ ކަމާއެކު އޯޑަރު ކުރެވޭނެ އެވެ. މި އެޕްލިކޭޝަންގެ ހިދުމަތް މާލެ އާއި ހުޅުމާލެ އަދި އައްޑޫ އިން ލިބޭނެ އެވެ.

މިއީ ރާއްޖޭގައި އެރޭޓެޑް ވޯޓާ ކޮންޕެނީ (އެމްއޭޑަބްލިއުސީ) އިން ކޮކާ ކޯލާގެ ޑްރިންކްތައް ވިއްކަމުން އަންނަތާ 29 ވަނަ އަހަރެވެ.