ބޭރު ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑުގެ އެޑިޑާސް ޖާޒީ ދައްކާލައިފި

Aug 1, 2015

މެންޗެސްޓާ ޔުނައިޓެޑުން އެޑިޑާސް ޖާޒީ ބޭނުން ކުރަން ނިންމައި އާ ޖާޒީ ދައްކާލައިފި އެވެ.

ޔުނައިޓެޑުން ފާއިތުވެދިޔަ 13 އަހަރު ބޭނުންކުރީ އެޑިޑާސްއާ ވާދަވެރި ނައިކީ ބްރޭންޑްގެ ޖާޒީ އެވެ. ނަމަވެސް އާ ޖާޒީ ފަރުމާކުރަން އެޑިޑާސް އަށް ފުރުސަތު ދިނީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 750 މިލިއަން ޕައުންޑަށެވެ.

އާ ޖާޒީ ވެސް ތައްޔާރުކޮށްފައިވަނީ ރަތްކުލައިންނެވެ. އެޑިޑާސްގެ ލޯގޯ ރަމްޒުކޮށްދޭ ހުދުކުލައިގެ ތިން ފަށް ޖާޒީގެ ކޮނޑުމަތިން އަތާ ހަމައަށް ދަމާލާފައިވެ އެވެ. ޖާޒީގައިވަނީ ވީކަރެކެވެ. މި ޖާޒީއަކީ 1980 ގެ އަހަރުތަކުގައި ޔުނައިޓެޑުން ބޭނުންކުރި ޖާޒީއާއި ވަރަށް އޮއްގޮތް ޖާޒީ އެކެވެ.

ޔުނައިޓެޑުގެ މި ޖާޒީގެ ފުލްކިޓެއް (ޖާޒީ އާއި ސޯޓް އަދި އިސްޓާކީން އެކުގައި) ވިއްކަނީ 75 ޕައުންޑަށެވެ.