ހަބަރު

ދަށު ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވަން ވޯޓުލާން ފަށައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ދަށު ކޯޓުތަކުގެ ފަނޑިޔާރު އިންތިހާބު ކުރުމުގެ ވޯޓްލުން ފަށައިފި އެވެ.

އިންތިހާބަކީ ޖޭއެސްސީ ގައި އިންނަވާ ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ މެންބަރު، ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ދަށު ކޯޓުން ގާޒީއަކު އައްޔަން ކުރަން ބާއްވާ އިންތިހާބެކެވެ.

ވޯޓުލުން މިއަދު ހެނދުނު 9:00 ޖެހި އިރު ވަނީ ފަށާފައި އެވެ. އަދި އިންތިހާބުގެ ވޯޓްލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ދަށު ކޯޓުން ޖޭއެސްސީގައި އިންނަވާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވަގުތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ ގާޒީ އަހުމަދު ހައިލަމްގެ އިތުރުން ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދާއި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފެވެ.

ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ފަށާއި މާލެއާ ފުވައްމުލަކު އަދި އައްޑޫ ސިޓީގަ އެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގެ ޓްރެއިނިން ހޯލުގަ އެވެ.