ހަބަރު

ގެއްލުނު ފަތުރުވެރިޔާ ހޯދާތާ ހަފްތާއެއް، އަދިވެސް ނުފެނޭ

Aug 25, 2019

ފީނަން ފޭބި ޗައިނާގެ ފަތުރުވެރިޔާ އަދިވެސް ފެނިފައިނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ. އެމީހާ ގެއްލިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

"އޯސީއޭ އެމް ސެވަން އެސް" ސަފާރީގައި ޑައިވް ކުރަން ފައިބައިގެން އުޅެނިކޮށް ގެއްލުނީ ޗައިނާގެ 41 އަހަރުގެ އަންހެނެކެވެ. ފަތުރުވެރިޔާ ފީނަން ފައިބާފައިވަނީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކ. ކަނޑޫމާ ތިލައަށެވެ.

އެއަންހެންމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފު ކޯސްޓްގާޑްގެ ޑައިވަރުންނާއި ކޯސްޓްގާޑްޝިޕް ޝަހީދު އަލީއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ވައިގެ މަގުންވެސް އެމީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.